Last Updated: May 31, 06:06
Saturday, May 31, 2025
ޚަބަރު

ތިން ވަނަ ގްރޫޕްގައި 250 ހައްޖާޖީން ފުރައިފި

ދިވެހި ޙައްޖާޖީންގެ ތިން ވަނަ ގްރޫޕް މިއަދު ހެނދުނު ސަޢުދީ އަރަބިއްޔާ އަށް ފުރައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ގްރޫޕް ފުރީ ހެނދުނު 7:12 ގައި މޯލްޑިވިއަންގެ ބޯތެއްގައި ކަމަށާއި އެ ފްލައިޓް ޖިއްދާ އެއާޕޯޓަށް ޖައްސާނެ ކަމަށް ލަފާކުރެވެނީ މެންދުރު 12:55 ގައި ކަމަށެވެ. މިއީ މޯލްޑިވިއަނުން މި ފަހަރު ހައްޖާޖީން ގޮވައިގެން ދަތުރުކުރި ދެވަނަ ފްލައިޓެވެ.

މިއަދު ފުރި ހައްޖާޖީންގެ ތެރޭގައި ހިމެނެނީ 250 މީހުންނެވެ.

ރާއްޖެ އިން މިއަހަރު ޙައްޖަށް ދާ މީހުން ފުރަން ފެށީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ދުވަހު 235 ހައްޖުވެރިން ފުރި އިރު، އަންގާރަ ދުވަހު 256 ހައްޖުވެރިން ފުރާފައިވެ އެވެ.

ރާއްޖެ އަށް މި އަހަރު 1،000 ހައްޖު ކޯޓާ ލިބުނު އިރު، ބާކީ ތިބި ހައްޖާޖީން ފުރާނީ މާދަމާ އެވެ.