މިސްރުގެ އަލް-އަޒްހަރު ޔުނިވަސިޓީން ރާއްޖެ އަށް ލިބިފައިވާ ސްކޮލަޝިޕްތަކަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މީގެ ތެރޭގައި ހިމެނެނީ 22 ފުރުސަތެވެ. އެއީ ޝަރީއާ އިން ބެޗްލާސް ޑިގްރީ އަށް ފަސް ފުރުސަތާއި ސައިންޓިފިކް އަދި ތިއަރެޓިކަލް ދާއިރާއިން 17 ފުރުސަތެވެ.
ސްކޮލަޝިޕްތަކަށް ކުރިމަތިލުުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ އަންނަ މަހުގެ 4 އާ ހަމައަށެވެ. އެޕްލައި ކުރާނީ ހަޔަ އެޑިއުކޭޝަން މިނިސްޓްރީގެ ޕޯޓަލް myedu.egov.mv މެދުވެރިކޮށެވެ.
އަލް-އަޒްހަރު ޔުނިވަސިޓީ އަކީ މިހާރު ގިނަ ދިވެހިން ތައުލީމު ހާސިލު ކުރަމުން އަންނަ ވަރަށް މަޝްހޫރު ޔުނިވަސިޓީއެކެވެ.