Last Updated: May 30, 21:29
Saturday, May 31, 2025
ޚަބަރު

ޕޯސްޓްގެ ނަމުގައި ސްކޭމް މެސެޖްތަކެއް، ސަމާލުވާތި!

ޕޯސްޓް އޮފީހުުގެ ނަމުގައި ސައްހަ ނޫން މެސެޖްތަކެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެތަނުން އިލްތިމާސްކޮށްފި އެވެ.

ޕޯސްޓް އޮފީހުން ބުނީ މިއީ ޕޯސްޓްގެ ނަމުގައި ފޮނުވާ މެސެޖްތަސއް ނުހުޅުވަން އެދޭ ކަމަށާއ ޒާތީ އެއްވެސް މައުލޫމާތެއް ވެސް ހިއްސާ ނުކުރަން އެދޭ ކަމަށެވެ.

ޕޯސްޓް އޮފީހުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ދައުރު ކުރަން ފަށާފައީ އޮންލައިން ފިހާރަ ޓިމޫ އަށް އޯޑަރުކުރާ މުދާ ޕޯސްޓް މެދުވެރިކޮށް ލިބުން ވަރަށް ބޮޑަށް ލަސްވަމުންދާކަމުގެ ޝަކުވާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް އެކި ތަންތަނުގެ ނަމުގައި މަކަރާއި ހީލަތުން އޮޅުވާލައިގެން ފޭރޭ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާތީ ފުލުހުން ވެސް އަންނަނީ ތަކުރާރުކޮށް ސްކޭމްތަކަށް ސަމާލުވުމަށާއި އެފަދަ ސްކޭމްތަކުން ރައްކާތެރިވާނެ ގޮތުގެ އިރުޝާދުތައް ވެސް ދެމުންނެވެ.