Last Updated: August 22, 10:11
Friday, August 22, 2025
ޚަބަރު

އީދަށް ކަތިލަން އައްޑު އަށް 20 ބަކަރި

ކުރިއަށް އޮތް ބޮޑު އީދު ދުވަހު އައްޑޫގައި އުޟްހިޔާގެ ގޮތުގައި ކަތިލަން ކައުންސިލުން 20 ބަކަރި ގެނެސްދި އެވެ.

މި އެއްޗެހި އީދު ދުވަހު ކަތިލާނީ އައްޑޫގެ ހުރިހާ އަވަށްތަކެއްގައި ވެސް އުޟްހިޔާ ކަތިލާ ގޮތަށެވެ.

ކަތިލަން 20 ބަކަރި އައްޑު އަށް ގެނައި އިރު، 30 ބަކަރި ފޯރުކޮށް ދޭނެ ބަޔަކު ހޯދަން ކައުންސިލުން މިދިޔަ މަހުގެ ތެރޭގައި ބީލަމަށް ވެސް ހުޅުވައިލި އެވެ.

މިދިޔަ އަހަރު ވެސް އަޟްހާ އީދު ދުވަހު ވެސް އައްޑޫގެ ބައެއް އަވަށްތަކުގަކުގައި އުޟްހިޔާ ކަތިލި އެވެ.