Last Updated: June 10, 20:48
Wednesday, June 10, 2026
ދުނިޔެ

ހަމާސްގެ އިތުރު ލީޑަރަކު ޝަހީދުކޮށްލައިފި

އިޒްރޭލުން ގާޒާ އަށް ދިން ހަމަލާތަކެއްގައި ހަމާސް ޖަމާއަތުގެ އިތުރު ލީޑަރަކު ޝަހީދުކޮށްލައިފި އެވެ.

މި މަހުގެ 13 ވަނަ ދުވަހު ގާޒާގެ ޚާން ޔޫނުސްގެ ޔޫރަޕިއަން ހޮސްޕިޓަލް ސަރަހައްދަށް ދިން ހަމަލާތަކެއްގައި ޝަހީދުވެފައި ވަނީ ހަމާސްގެ ފަރާތުން ގާޒާގެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި މުހައްމަދު ސިންވާރެވެ. އެ ދުވަހުގެ ހަމަލާގައި 28 މީހަކު ޝަހީދުވި އެވެ.

މުހައްމަދު ސިންވާރަކީ ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ޝަހީދުކޮށްލުމާ ގުޅިގެން އެ ޖަމާއަތުގެ އާ ލީޑަރަކަށް މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި އައްޔަންކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި އިޒްރޭލުން އަވަހާރަކޮށްލި ޔަހްޔާ ސިންވާރުގެ ކޮއްކޮ އެވެ.

މުހައްމަދު އަވަހާރަކޮށްލި ވާހަކަ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހާމަކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ހަމާސް އިން މިހާތަނަށް އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

މުހައްމަދު ސިންވާރަކީ އިޒްރޭލުގެ "މޯސްޓް ވޯންޓެޑް ލިސްޓް" ގައި ހިމެނޭ އެކެކެވެ.

އޮކްޓޯބަރު 7، 2023 އިން ފެށިގެން ފަލަސްތީނުގެ ނަސްލު ނައްތައިލަން ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި މިހާތަނަށް ހަމާސްގެ އެތައް ލީޑަރުންނެއް ޝަހީދުކޮށްލާފައިވެ އެވެ.