އެގްރުިކަލްޗަ މިނިސްޓަރު ޑރ. މަރްޔަމް މާރިއާ ފުވައްމުލަކުގެ ދަނޑުވެރިންނާއި ބައްދަލު ކުރައްވައި އެ މަސައްކަތުގައި ހަރަކާތްތެރިވާ މީހުންނާ މަޝްވަރާކު ވައްވައިފި އެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ދަނޑުވެރިންވަނީ މަސައްކަތުގައި އެ މީހުންނަށް ކުރިމަތިވެފައިވާ ގޮނެޖެހުންތަކާއި އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރެވިދާނެ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކައިފަ އެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރު ފަހަގަކުރެއްވީ ރާއްޖެގައި ކާނާގެ ޔަޤީންކަން ކަށަވަރުކުމަކީ މި ސަރުމާރު ގެ މައިގަނޑު އަމާޒެއް ކަމަށެވެ. އެގޮތުން ކޮވިޑް ފަދަ އާލަމީ ވަބާއެއް ކުރިމަތިވިޔަސް ކާނާ ލިބުމުގައި ދަތިނުވާނެ ފަދަ ގޮތަކަށް ރާއްޖޭގައި ދަނޑުވެރިކަންލ ކާނާގެ ޔަގީންކަން ހާސިލް ކުރެވޭނީ ދަނޑުވެރިންގެ އެހީތެރިކަމާ އެކު ދެމެހެއްޓެނިވި، ޒަމާނީ ދަނޑުވެރިކަމެއް ޤާއިމް ކުރެވިގެން ކަމަށް ވިދާޅުވި އެވެ.
އެގްރިކަލްޗަ މިނިސްޓްރީން އަންނަނީ ރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަމްރީންތައް ވެސް ފޯރުކޮ ށްދެމުންނެވެ. އެގޮތުން މިހާރުވެސް ރާއްޖޭގެ އުތުރުގެ ތިން އަތޮޅެއްގައި އަމަލީ ތަމްރީންތައް ކުރިޔަށް ގެންދެ އެވެ. މީގެ އިތުރުން ޒަމާނީ ދަނޑުވެރިކަމަށް ބޭނުންވާ އައު ވަސީލަތްތައް ބޭނުން ކުރާނެ ގޮތްތަކާއި ދަނޑުވެރިންނަށް މާކެޓް ހޯދާނެ ގޮތްތައް އަންނަނީ ބުނެދެމުންނެވެ.
ފުވައްމުލަކަކީ ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ދަނޑުވެރިކަން ފުދޭވަރަކަށް ކުރަމުން އަންނަ ތަނެކެވެ.
އެ ސިޓީގައި ގާއިމްކުރާ ދެމެހެއްޓެނިވި ދަނޑުވެރިކަމުގެ ލެބޯޓަރީ އަދި ތަމްރީނު މަރުކަޒަށް ބޭނުންވާ ބައެއް ތަކެތި ވެސް މިނިސްޓަރުގެ މި ދަތުރުގައި ފުވައްމުލަކު ސިޓީ ކައުންސިލާ އިއްޔެ ހަވާލުކޮށްފައިވެ އެވެ.