ތ. ކަނޑޫދޫ ސްކޫލްހެ ދަރިވރެއްގެ އިނގިލި ބިންދައލި ކަމަށް ބުނާ މައްސަލައިގައި ހައްޔަރުކުރި ބިދޭސީ ޓީޗަރު ދޫކޮށްލައިފި އެވެ.
އިންޑިއާ އަށް ނިސްބަތްވާ އެ ޓީޗަރު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ހައްޔަރުކުރީ އަންގާރަ ދުވަހު އެވެ. ނަމަވެސް އޭނަގެ ބަޔާން ނެގުމަށް ފަހު ދޫކޮށްލީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް މައްސަލައިގެ ތަހުގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ބައެއް މީޑިއާތަކުން ބުނެފައި ވަނީ 11 އަހަރުގެ ފިރިހެން ދަރިވަރުގެ އިނގިލި ޓީޗަރު ބިންދައިލީ ނޫން ކަމަށާއި އެ ދަރިވަރުގެ އަތުގައި އޮތް ފެންފުޅިއަކުން ޓީޗަރުގެ ގައިގައި ޖެހުމުން އަތުފައި ހިފަން އުޅުމުގެ ތެރޭގައި އިނގިއްޔެއްހައި ހިފުނު ގޮތުން އިނގިލް ހުޅުން ނެއްޓުނީ ކަމަށެވެ.
އެ ހާދިސާއާ ގުޅިގެން ވޭމަންޑޫގައި ތ. އަތޮޅު ހޮސްޕިޓަލްގައި ދަރިވަރަށް ފަރުވާ ވެސް ދީފައިވެ އެވެ.