Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

ކާޖޮލްގެ ދަރިފުޅު ޝައިތާނުންގެ ބާރުގެ ދަށަށް!

އިންޑިއާގެ މަޝްހޫރު ބަތަލާ ކާޖޮލްގެ ފުރަތަމަ ބިރުވެރި ފިލްމު "މާ" ގެ ޓްރެއިލާ މިއަދު އާންމުކޮށްފ އެވެ.

އަންނަ މަހުގެ 27 ގައި ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ މި ފިލްމުގައި ދައްކުވައި ދޭނީ ޖިންނި ޝައިތާނުންގެ ބާރުގެ ދަށަށް ގެންދާ އަންހެން ކުއްޖަކު ސަލާމަތްކުރަން މަޔަކު ވާ ގުރުބާނީ އެވެ.

"މާ" އަކީ ކާޖޮލްގެ ފިރިމީހާ، މަޝްހޫރު އެކްޓަރު އަޖޭ ދޭވްގަން ޕްރޮޑިއުސްކޮށް، ވިޝާލް ފޫރިއާ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ވިޝާލް އަކީ ބަތަލާ ނުޝްރަތު ބަރޫޗާ ހިމަަނައިގެން ބިރުވެރި ފިލްމު "ޗޯރީ" ގެ ދެ ބައި ވެސް ގެނެސްދިން ޑައިރެކްޓަރެވެ.

ކާޖޮލް އަލަށް ބިރުވެރި ފިލްމަކުން ފެނިގެންދާ އިރު، އަޖޭ ވެސް މިދިޔަ އަހަރު ބިރުވެރި ފިލްމަކުން ފެނިފައިވެ އެވެ. އެއީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ޝައިތާން" އެވެ. އެ ފިލްމަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބީއާ ގުޅިގެން އޭގެ ދެވަނަ ބައެއް ހަދަން ވެސް އޮތީ ނިންމައިފަ އެވެ.

ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ކާޖޮލްގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ނެޓްފްލިކްސް އިން ގެނެސްދިން ތުރިލާ "ދޯ ޕައްތީ" އެވެ. އޭނަގެ ކުރިއަށް ފިލްމުތަކުގެ ތެރޭގައި "ސަރުޒަމީން" އާއި "މަހާރާގްނީ" ހިމެނެ އެވެ.