Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

އެމްއޭސީއެލްގެ ޗެއާޕާސަނަކަށް ނޫރައިން

ނޫރައިން ޖަނާހް -ފޮޓޯ: ރައީސް އޮފީސް

މޯލްޑިވްސް އެެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޗެއާޕާސަންގެ މަގާމަށް އައިޝާ ނޫރައިން ޖަނާހް އައްޔަންކޮށްފި އެވެ

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ޗެއާޕާސަން ކަމަށް ހ. ސީސައިޑް، ނޫރައައިން އައްޔަން ކޮށްފައިވާ ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ނޫރައިން އެންމެ ފުރަތަމަ އައްޔަންކުރެއްވީ އެމްއެމްޕީއާރްސީގެ ޗެއާޕާސަންގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ ޑިސެމްބަރު 27، 2023 ގައެވެ. ނަމަވެސް ނޫރައިން ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 21 ވަނަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ނޫރައިން އަކީ ޕްރިންސިޕަލް އެޑްވައިޒަ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު އަލީ ޖަނާހްގެ ދޮށީ ދަރިކަނބަލުންނެވެ.

ނިއުޒީލޭންޑުގެ އެންމެ ބޮޑު ޓެކްސް ފާމް ކަމަށްވާ ވިލިއަމް ބަކްގައި މަސައްކަތް ކުރެއްވި ނޫރައިން ވަނީ ނިއުޒިލެންޑްގެ "ސްޓަފް" ނޫހުން ހޮވި އެންމެ ނުފޫޒު ގަދަ އަންހެނުންގެ ލިސްޓުގައި 2017 އަހަރު ހިމެނިފަ އެވެ. އޭގެ ކުރިން 2015 ވަނަ އަހަރު "ވެެއިޓްމަޓާ ލޯކަލް ބޯޑް ގޫޑް ސިޓިޒެން އެވޯޑް" ވެސް ހޯއްދެވި އެވެ.