ޖޭމަކީ މަދުން ނަމަވެސް ކެއުމަށް ބޭނުންކުރާ މޭވާ އެކެވެ. އެހެން ނަމަވެސް ޚާއްސަކޮށް ކުޑަކުދިންނަށް މިއީ ވަރަށް ގަޔާވާ މޭވާއެކެވެ. މިއީ ގިތިކޮށް ހުންނަ އިރު ފެހިކުލައިގައި ހުންނަ ދޮންވުމުން، ދީނދޫ އަދި ރަތްކުލަ އަށް ހުންނަ މޭވާ އެކެވެ. ދުނިޔޭގެ ބައެއް ހިސާބުތަކުގައި ފަނި ގިރައިންނާއި، ސަރުބަތު ތައްޔާރުކޮށްގެން، އަދި ޖޭމު ހަދައިގެންނާއި އެހެނިހެން ފޮނި ކާތަކެތި ތައްޔާރުކޮށްގެން ވެސް ޖޭމު ބޭނުންކުރެ އެވެ. ޖޭމަށް އިނގިރޭސި ބަހުން ކިޔަނީ އެވެ.
ޖޭމުގަސް އާންމުކޮށް ހެނދެނީ 3-12 ދެމެދުގަ އެވެ. ނަމަވެސް އެގަހުގެ ގޮފިތަށް ވަށައިގެން ހަތާގަޑެއް ފަދައިން ފެތިފައި އޮވެއެވެ. ޖޭމު މައު ހުންނަނީ ކުދިކޮން، ހުދު ކުލައިގަ އެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ޖޭމަކީ އޭގައި ސިއްޚީ އެތައް ފައިދާއެއް އެކުލެވޭ މޭވާއެކެވެ. އެގޮތުން ބަނޑުގައި އުފެދޭ ތަދު ނުވަތަ ރިހުން ލުއިކޮށް ކުޑަކޮށްދޭ އެއްޗެކެވެ. އެއީ ތަނދުކެނޑުވުމުގެ ބާރު ޖޭމުގައި އެކުލެވޭތީ އެވެ. އަދި ހަންގަނޑު އޮމާންކޮށް ދިނުމަށް ވެސް އެހީވެދެ އެވެ. އަދި ޖޭމުގައި ބެކްޓީރިޔާ ފަދަ ޖަރާސީމުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ ބާރު ހުރެ އެވެ.
މީގެ އިތުރުން ޖޭމުގައި ހަށިގަނޑަށް ފްލޭވޮނޮއިޑް ފަދަ އެންޓިއޮކްސިޑެންޓް ތައް ހުރެއެވެ. ފްލޭވޮނޮއިޑް އަކީ ކެންސަރާ ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ އެންޓިއޮކްސިޑެންޓެކެވެ. އަދި ޖޭމުގައި ހަކުރުގެ ބާވަތެއް ކަމުގައިވާ ފުރަކްޓޯސް ހުރުމަކީ އެ ބޭނުންކުރުމުން ހަށިގަނޑުގައި ވަރުޖައްސައިދޭނެ ކަމެކެވެ.
ކޮންމެ 100 ގްރާމް ޖޭމްގައި:
* ހަކަތަ: 380 ކިލޯ ކެލަރީ
* ކާބޯހައިޑްރޭޓް: 17.9 ގްރާމް
* ޕްރޮޓީން: 0.384 ގްރާމް
* ފެޓް: 1.56 ގްރާމް
* ފައިބާ: 4.6 ގްރާމް
* ވިޓަމިން ސީ: 80.5 މިލިގްރާމް
* ކެލްސިއަމް: 124 މިލިގްރާމް
* ދަނގަޑު: 1.18 މިލިގްރާމް
ޖޭމުން ލިއްބައިދޭ އިތުރު ފައިދާތަކަށް ބަލައިލާއިރު، އިހުގައި ޖޭމު މަލުގެ ދިޔަ ބަނޑުގެ ރިހުން ލުއި ކުރުމަށް ބޭނުންކޮށްފައިވެ އެވެ.
ޖޭމު މަލުގެ ދިޔަ ހަންގަޑު އޮމާންކޮށް މަޑުކުރުމަށް ބޭނުންކޮށްފައިވެ އެވެ. ޖޭމު މާ ޖަރާސީމް މަރައި ނައްތާލާ އެއްޗެއްގެ ގޮތުގައި ބޭނުންކޮށްފައިވެ އެވެ. މީގެ އިތުރުން ބޮލުގައި ރިހުމާއި، އަރިދަފުސް ރޯގާ ގެ އުދަގޫ ކުޑަކުރުމަށް ބޭނުންކޮށްފައިވެ އެވެ.
ހޯދުންތަކުން އެނގެން އޮތް ގޮތުގައި އިންޑޮނޭޝިޔާގައި ޔޫރިކް އެސިޑް މަތިވުމުން ކުރިމަތިވާ ހުޅުގެ ބަލިތަކަށް ފަރުވާ ކުރުމަށް ޖޭމު ބޭނުންކޮށްފައިވެ އެވެ. އެހެންކަމުން ޖޭމަކީ ހަށިގަނޑުން ޔޫރިކް އެސިޑް ދަށްކޮށް ދީފާނެ އެއްޗެއްކަމަށް ބެލެވެ އެވެ.
މައުލޫމާތު: އެގްރިކަލްޗަ މިނިސްޓްރީ