Last Updated: July 18, 17:34
Saturday, July 18, 2026
ޚަބަރު

ހޯނޑެއްދޫ އާއި މަޑަވެއްޔަށް އުދަ އަރައިފި

ގދ. ހޯނޑެއްދޫއާއި މަޑަވެއްޔަށް އުދަ އަރައިފި އެވެ.

ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ގދ. އަތޮޅުގެ ބައެއް ރަށްތަކަށް މި ދުވަސްވަރު އުދައަރަމުންދާ ކަމަށެވެ. އެގޮތުން ހޯނޑެއްދޫއާއި މަޑަވެއްޔަަށް މިއަދު ވެސް ވަރަށް ބޮޑަށް އުދައަރާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކައުންސިލުން ގެންދަނީ މިވަގުތަަށް ކުރެވެން ހުރި މަސައްކަތް ކުރަމުން،" އޭނާ ވިދާޅުވި އެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބަށް މޫސުން ގޯސް ދުވަސްވަރެއް ކަމަށްވާއިރު، މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާއި ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ. މި އެލާޓް ނެރެފައިވަނީ މިރޭ 11:30 އާއި ހަމައަށެވެ.

އެލާޓް ނެރެފައިވާ ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެ އެވެ.