Last Updated: June 1, 13:43
Sunday, June 1, 2025
ޚަބަރު

ހަތަރު ރަށެއްގައި ޑަޔަލިސިސްގެ ޚިދުމަތް ފަށައިފި

ހަތަރު ރަށެއްގައި ރަސްމީކޮށް ޑަޔަލިސިސްގެ ޚިދުމަތް ރައީސް ޑރ. މުހައްމަދު މުއިއްޒު ފައްޓަވައިދެއްވައިފި އެވެ.

ބާސެލޯ ނަސަންދުރާ ގައި މިރޭ ބޭއްވި ދުނިޔޭގެ ޞިއްހަތު ދުވަހުގެ ރަސްމީ ޖަލްސާގައި ރަސްމީކޮށް ޑައިލިސިސްގެ ޚިދުމަތް ފެށީ ނ. ވެލިދޫ ޞިއްޙީ މަރުކަޒު، މ. މުލީ ރީޖަނަލް ހޮސްޕިޓަލް، ތ އަތޮޅު ހޮސްޕިޓަލް އަދި ގއ އަތޮޅު ހޮސްޕިޓަލެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ހއ އިހަވަންދޫ އާމިނާދިޔޯ ޞިއްޙީ މަރުކަޒު، އަދި 2024 ވަނަ އަހަރު ށ. އަތޮޅު ހޮސްޕިޓަލުގައި ޑައިިލިސިސްގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ނ އަތޮޅު ހޮސްޕިޓަލުގައި ޑަޔަލިސިސް ޔުނިޓަށް ވަނީ އެންދު އިތުރުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގައި ޑައިލިސިސް ގެ ޚިދުމަތް ނުފެށިވަނީ އއ، އދ، ވ ، މ، ފ އަދި ދ އަތޮޅުގައި ކަމަށާއި ސަރުކާރުގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން މި ހުރިހާ އަތޮޅެއްގައި ޑައިލިސިސްގެ ޚިދުމަތް ފެށުން ކަމަށެވެ.

އަދި ބާކީ ހުރި ހުރިހާ އަތޮޅެއްގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޑައިލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.