ގައުމީ ހިދުމަތުގެ ޕްރޮގްރާމު ނުވަތަ ވަތަނީ ހިދުމަތުގެ ޕްރޮގްރާމާ އިއްޔެއާ ހަމައަށް 891 އެޕްލިކޭޝަން ހުށަހަޅާފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.
އެ ޕްރޮގްރާމްގެ ޒިންމާތައް ހަވާލުކޮށްފައިވާ މިނިސްޓްރީން ބުނި ގޮތުގައި ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމް (މޯލްޑިވްސް ނެޝަނަލް ސާވިސް) އަކީ ކުރިއަށް އޮތް ހަތަރު އަހަރު، ކޮންމެ އަހަރަކު 1،000 ޒުވާނުން ދިވެހި ވަޠަނީ ޚިދުމަތުގައި ތަމްރީނުކުރުމަށް ޓަކައި ފަށާ ޕްރިގްރާމެކެވެ.
މި މި ޕްރޮގްރާމްގައި އިއްޔެއާ ހަމައަށް ނިޔަލަށް 891 ކުދިން އެޕްލިކޭޝަން ހުށަހަޅާފައިވާ އިރު، އޭގެތެރޭގައި ޕޭރަންޓް ކޮންސަންޓާ އެކީގައި 450 އަށް ވުރެ ގިނަ ކުދިން އެޕްލައިކޮށްފައިވެ އެވެ. އަދި އޭގެ ތެރޭގައި ހިމެނެނީ އުމުރުން (19 އަހަރާއި 18 އަހަރާ ދޭތެރޭ ކުދިންނެވެ.
މޯލްޑިވްސް ނެޝަނަލް ސާވިސްގެ މުދައްރިބުންނާ، ރައީސް ޑރ. މުހައްމަދު އިއްޔެ ބައްދަލު ކުރައްވައި މިއީ ވަރަށް ކާމިޔާބު ޕްރޮގްރާމަށް ހެދުމަށް އެދިވަޑައިގަތެވެ. ދިވެހި ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމަކީ، ރައީސްގެ ޚާއްޞަ އިސްނެންގެވުމުގެ މަތިން، ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާކުރުމަށް އިސްކަންދީގެން ހިންގުމަށް ހަމަޖެހިފައިވާ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.