Last Updated: June 12, 17:14
Friday, June 12, 2026
ސިއްހަތު

ހިތުގެ ޑޮކްޓަރު ޝަފީގް އަންނަ މަހު އައްޑު އަށް

ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު އަލީ ޝަފީގް އަންނަ މަހު އައްޑު އަށް ވަޑައިގެން ބަލި މީހުންނަށް ފަރުވާ ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް އެފްއެންޑްސީ މެޑިކެއާ އިން ބުނެފި އެވެ.

އެފްއެންޑްސީގެ ފަރާތުން ވާހަކަ ދެެއްކެވި އިހްތިޝާމް ނަޖީބް މިއަދު ވިދާޅުވީ ޑރ. ޝަފީގް އައްޑު އަށް ވަަޑައިގަންނަވާ ގޮތަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 15 ވަނަ ދުވަހު ކަމަށެވެ. އަދި އޭނާ މަރަދޫފޭދޫގައި ހުންނަ އެފްއެންޑްސީ މެޑިކެއާގާ އާއި ހިތަދޫގައި ހުންނަ އެފްއެންޑްސީ މެޑިކެއާ ސެންޓަރުގައި ފަރުވާ ދެއްވާނެ ކަމަށް އިހުތިޝާމް ވިދާޅުވި އެވެ.

"ހިތުގެ ހުރިހާ ބައްޔަކަށް ފަރުވާ ދެވި ޓެސްޓް ވެސް ހެދޭނެ އިންތިޒާމް އަޅުގަނޑުމެންގެ ކްލިނިކްތަކުގައި މިހާރު ވެސް ވަނީ ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.

އެހެންވެ އެޕޮއިންޓްމަންޓް ހަދަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވެސް ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން 6894567 އަދި 6888943 މި ނަމްބަރުތަކާ ގުޅުމުން އެޕޮއިންޓްމަންޓް ހެދޭނެ ކަމަށް އެފްއެންޑްސީން ބުންޏެވެ.