Last Updated: June 2, 18:56
Monday, June 2, 2025
މުނިފޫހިފިލުވުން

އަހާން ތައާރަފުކުރާ ފިލްމުގެ ޓީޒާ ދައްކާލައިފި

ބޮލީވުޑަށް ތައާރަފުކުރާ އަހާން ޕާންޑޭގެ ފިލްމު "ސައްޔާރާ" ގެ ޓީޒާ މިއަދު ދައްކާލައިފި އެވެ.

ބޮލީވުޑްގައި މިހާރު ކުރިއަރަމުން އަންނަ ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ ކަޒިންއެއް ކަމަށްވާ އަހާން ތައާރަފުކުރާ ފިލްމަކީ ބޮލީވުޑްގެ އެންމެ ބޮޑު ޕްރޮޑަކްޝަން ހައުސް، ޔާޝްރާޖް (ވައިއާރްއެފް) އިން ގެނެސްދޭ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

"އާޝިގީ" އާއި "އޭކް ވިލަން" ފަދަ މަގުބޫލު ފިލްމުތައް ގެނެސްދިން މޯހިތު ސޫރީ ޑައިރެކްޓްކޮށްފައިވާ "ސައްޔާރާ" އިން އާ ބަތަލާއަކު ވެސް ތައާރަފު ކުރާނެ އެވެ. އެއީ އަނީތު ޕައްޑާ އެވެެ.

"ސައްޔާރާ" ސިނަމާތަކަށް ދޫކޮށްލަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 18 ގަ އެވެ.