Last Updated: June 5, 22:30
Friday, June 5, 2026
ޚަބަރު

ސައިކަލެއް ކަހާލައިގެން ވެއްޓި 2 ޒުވާނަކަށް އަނިޔާވެއްޖެ

ފޮޓޯ: ކިޔުންތެރިއެއް

އައްޑޫ ސިޓީ ފޭދޫ ހުޅަނގު ފަރާތުގައި ހުންނަ އުރީދޫ އެންޓަނާ ދިމާލުން ދުއްވާފައި ދިޔަ ސައިކަލެއް ކަހާލައިގެން ގޮސް 2 ޒުވާނަކަށް އަނިޔާވެއްޖެއެވެ.

'އައްޑޫލައިވް' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ، ފޭދޫގައި ހުންނަ އުރީދޫ އެންޓެނާ ހިސާބުގައި އޮންނަ ބެންޑުން އަޅަން އުޅެނިކޮށް ސައިކަލް ކަަހާލައިގެން ގޮސްގެންނެވެ.

މިހާދިސާގައި ސައިކަލްގައި ތިބި 2 މީހުންނަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާދީފައިވާއިރު އެމީހުންނަށް ސީރިއަސް އަނިޔާތަކެއް ލިބިފައި ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.