Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

އެއީ އަޅުގަނޑަށް ވެސް އަމާޒުކޮށްދިން ހަމަލާއެއް. އެވަގުތު އެތަނުގައި ނުހުރެވުނީތީ ހިތާމަކުރަން : އަދީބް

ރައީސް ޔާމީންގެ ލޯންޗްކޮޅަށް ދިން ހަމަލާއަކީ ރައީސްގެ އިތުރުން ނައިބް ރައީސަށް ވެސް އަމާޒުކޮށް ދިން ހަމަލާއެއް ކަމުގައި، ނައިބު ރައީސް އަދީބު ވިދާޅުވެއްޖެއެވެ.

އަދީބު މިގޮތަށް ވިދާޅުވެފައިވަނީ، ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަ ދައްކަވަމުން އަދީބް ވިދާޅުވެފައިވަނީ، އެ ހާދިސާ ހިނގި ވަގުތު އެތަނުގައި ނުހުރެވުނީ ތީ ހިތާމަ ކުރާކަމަށެވެ. އަދީބު ވިދާޅުވި ގޮތުގައި ރިޔާސީ ލޯންޗުގައި ފަޅުވެރިންގެ ގޮތުގައި އާންމު މުވައްޒަފުން ތިއްބަސް ކުރިއަށް އޮތް ތަނުގައި ހަމައެކަނި ސިފައިން ތިބޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

"އަޅުގަނޑުގެ ސިޔާސީ ކުރިމަގު މަރާލުމަށްޓަކައި އަދި ލިބޭ ސަޕޯޓް ނައްތާލުމަށްޓަކައި ވަރަށް ގިނަ ސިޔާސީ ފަރާތްތަކުން އެކަހަލަ ވާހަކަތައް ދައްކާނެ. އެކަމަށް އެއްވެސް ރައްދެއް ދޭކަށް ނެތިން. އަޅުގަނޑު މިހިރީ ސާބިތުކަމާ އެކު،" ނޫސްވެރިންނާ ބައްދަލު ކުރައްވައި، ވާހަކަފުޅު ދައްކަވަމުން އަދީބު ވިދާޅުވި އެވެ.

ރައީސްގެ ލޯންޗްކޮޅު ގައި އެއްޗެއް ގޮއްވާލީ ސީދާ ރައީސް އަވަހާރަކޮށްލަން ކަމަށް ބެލެވޭ ކަމުގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝަރީފު ވިދާޅުވެފައި ވި ނަމަވެސް އެވާހަކަތަކަށް ރައްދު ދެއްވަން ބޭނުންފުޅު ނުވާ ކަމަށް އަދީބު ވަނީ ވިދާޅުވެފައެވެ.