ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ބެހޭނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
ށ. އަތޮޅުން ފެށިގެން ގދ. އަތޮޅާ ހަމައަށް އެ އެލާޓް ނެރެފައި ވަނީ ހެނދުނު 10:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ. މޫސުމާ ބެހޭ އދާރާ އިން އެ ބުނީ ވަގުތުގެ ތެރޭގައި ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 19-24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެ ކަމަށެވެ.
އެހެންވެ ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރު ކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.
މި ދުވަސްވަރަކީ މުޅި ރާއްޖެ އަށް ވެސް މޫސުން ގޯސް ދުވަސްވަރެކެވެ.