Last Updated: June 3, 18:45
Tuesday, June 3, 2025
ޚަބަރު

ސައްހަ ވިސާ ނެތް 25 ބިދޭސީއަކު އަތުލައިގެންފި

ސައްހަ ވިސާ ނެތި ރާއްޖޭގައި އުޅެމުން އައި އިތުރު 25 ބިދޭސީއަކު އިމިގްރޭޝަނުން އަތުލައިގެންފި އެވެ.

އެ އިދާރާ އިން މިއަދު އެ މީހުން އަތުލައިގަތީ މި މަހުގެ 29 ވަނަ ދުވަހު 29 ވަނަ ދުވަހުގެ ރޭ ވަނީ މާލޭގެ ދެ ތަނެއް ބަލައި ފާސްކޮށްފަ ކަމަށެވެ. އެގޮތުން އެ ރޭގެ އޮޕަރޭޝަންގައި ޖުމަލް 102 ބިދޭސީން ޗެކްކޮށްފައިވެ އެވެ.

އޭގެ ތެރެއިން ހެންވޭރުގައި ހުންނަ ގެއަކުން 7 ބިދޭސީއަކާއ، މާފަންނު ހަވީރީ ގޯޅީގައި ހުންނަ ބިދޭސީން ދިރިއުޅެމުން ދިޔަ ތަނަކުން 18 ބިދޭސީންނާއެކު ޖުމްލަ 25 ބިދޭސީން އަތުލައިގެންފައިވެ އެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު އަތުލައި ގަނެ، 7،000 އަށް ވުރެ ގިނަ މީހުން ޑީޕޯޓްކޮށްފައިވެ އެވެ.