Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

'ޔޫތު ކޭމްޕް' ފަށައިފި

މި އަހަރުގެ "ޔޫތު ކޭމްޕް" މިއަދު ފަށައިފި އެވެ.

ޔޫތު މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ހަރަކާތް 65 ޒުވާނުންނާ އެކު ކުރިއަށް ދަނީ ކުޑަގިރީގަ އެވެ.

އެެއް ދުވަހަށް ކުރިއަށް ގެންދާ ކޭމްޕްގައި ތަފާތު ގިނަ ގޭމްތަކެއް ބީޗުގައި ކުޅުމަށް ރާވާފައިވާ އިރު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ވެސް ހަމަޖެހިފައިވެ އެވެ.

މިއަދު ހެނދުނު 7:00 ގައި ފެށި "ޔޫތު ކޭމްޕް" ކުރިއަށް ދާނީ މިރޭ އިރާކޮޅު 7:00 އާ ހަމައަށެވެ.

މިދިޔަ އަހަރު 46 ބައިވެރިންނާ އެކު "ޔޫތު ކޭމްޕް" ބޭއްވީ ފަރުކޮޅުފުށީގަ އެވެ.