Last Updated: June 3, 18:45
Tuesday, June 3, 2025
ޚަބަރު

ކިނބިދޫ-ވޭމަންޑޫ ކޯޒްވޭ ހަދާ ބަޔަކަށް ރިސޯޓު ހަދަން ރަށެއް

ތ. ކިނބިދު އާއި އެ އަތޮޅު ވޭމަންޑޫ ގުޅުވައިދޭ ކޯޒްވޭ ހަދައިދޭ ބަޔަކަށް ރިސޯޓު ހަދަން އެ އަތޮޅު ކެލާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ކޯޒްވޭ ތަރައްގީކުރުމާއި އިންޓަގްރޭޓެޑް ޓޫރިޒަމަށް އެލާ ތަރައްގީ ކުރުމަށް ފައިނޭންސް ކުރުމަށް، މާލީ އަދި ފަންނީ ގާބިލުކަން ސާބިތުކޮށް ދެވޭ ޝަރުތު ހަމަވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެ މަޝްރޫއު ތަންފީޒު ކުރާނީ ކްރޮސް-ސަބްސިޑައިޒޭޝަން މޮޑެލެއްގެ ދަށުން ކަމަށް މިނިސްޓްރީން ބުންޏެވެ. އެގޮތުން އެ މޮޑެލްގެ ދަށުން، ހޮވޭ އިންވެސްޓަރަށް އެ ވަސީލަތުގެ ރައުސުލްމާލު އަދި ހިންގުމުގެ ހަރަދުތައް އަނބުރާ ހޯދުމަށް ވިޔަފާރީގެ ގޮތުން ފައިދާ ލިބޭނެ ބައިތަކެއް ހުށަހެޅިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސިން، ޕީޕީޕީ މޮޑެލް ނުވަތަ ލޯނު ފައިނޭންސިން މެދުވެރިކޮށް ވެސް ކުރިއަށް ގެންދެވިދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެހެންވެ މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މިހާރު އޮތީ އަންނަ މަހުގެ 30 އާ ހަމައަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއައިއޯ) ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ކިނބިދު އާއި ވޭމަންޑޫ ކޯޒްވޭއަކުން ގުޅާލުމަކީ އެންމެ ފުރަތަމަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަނިކުފާނުގެ ސަރުކާރުން އެ ކޯޒްވޭ ޑިޒައިންގެ ފޮޓޯތައް އާންމުކޮށް، ފީޒިބިލިޓީ އެސަސްމެންޓްގެ މަސައްކަތް ވެސް ކޮށްފައެވެ. ނަމަވެސް ވެރިކަން ނިމުނު އިރު ވެސް ކޯޒްވޭގެ އަމަލީ މަސައްކަތް އޮތީ ނުފެށި އެވެ.

އެހެންވެ މި ކޯޒްވޭއަކުން އަކީ ނިންމަވައި ދެއްވާނ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެވަޑައިގެންފައި އޮތް ވައުދެކެވެ.