Last Updated: June 4, 21:13
Wednesday, June 4, 2025
ރިޕޯޓް

މުންކަރާތްތައް ހުުއްޓުވުމަކީ ތިމާގެ ވެސް ވާޖިބެއް

އެއްވެސް ޝައްކެއް ނެތް ގޮތުގައި އިސްލާމް ދީނަކީ އެންމެ ފުރިހަމަ ދީނެވެ. އަހަރެމެންނަކީ މީހަކު ގޯސްކަމެއް ކުރާތަން ފެންނަ ހިނދު އެ އަމަލެއް ހުއްޓުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަން ޖެހޭނެ ބައެކެވެ. މިއީ އިސްލާމް ދީނުގައި އަހަރެމެން ކުރުމަށް އަމުރު ކުރައްވާފައިވާ ކަމެކެވެ.

މުންކަރާތްތައް ހުއްޓުވުމުގެ މުހިންމުކަން ރަސޫލު ﷲ ﷺ މި ޙަދީސްބަސްފުޅުން ހާމަވެގެންދެ އެވެ

”އަބޫ ސަޢީދު އަލްޚުދްރީ رَضِي اللَّهُ عَنْهُ ރިވާ ކުރެއްވިއެވެ: ރަސޫލު ﷲ ﷺ ޙަދީޘް ކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ: ”ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ނުބައިކަމެއް ފެނިއްޖެ ނަމަ، ފަހެ އޭނާގެ އަތުން އެ ކަމެއް ބަދަލު ކުރާށެވެ. (އެބަހީ: ޢަމަލީ ގޮތުން ހުއްޓުވާށެވެ.) ދެން އެ ކަން ކުރުމަށް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ދުލުންނެވެ. (އެބަހީ: އެ ކަން ކުށްވެރިކޮށް، އޭގެ ނުބައިކަން ބަޔާންކޮށް ދޭށެވެ.) ދެން އެކަން ކުރުމަށް ވެސް ކުޅަދާނަވެގެން ނުވާ ނަމަ، ފަހެ އޭނާގެ ހިތުންނެވެ. (އެބަހީ: އެ ކަމަށް ނަފުރަތުކޮށް، އެ ކަން ހުއްޓުމަށް ހިތުން އެދޭށެވެ.) އަދި އެއީ އީމާންކަމުގެ އެންމެ ބަލިކަށި ދަރަޖައެވެ.“رَوَاهُ مُسْلِمٌ

ދިރިއުޅުމުގެ މިސާލަކަށް ބަލާލަމާތޯއެވެ.

އަހުމަދުގެ ބައްޕަ އަކީ އެއްވެސް ވަރަކަށް ނަމާދުކުރާ މީހެއް ނޫނެވެ. އަހުމަދު އަށް ބައްޕަ ރަނގަޅު މަގަށް ރުޖޫއަވޭތޯ ތަކުރާރުކޮށް ނަމާދު ކުރުމުގެ މުހިންމުކަން ބުނެދެ އެވެ. އަދި ﷲ އަށް ބައްޕަ ކުއްތަން ވާނެކަމުގެ އުންމީދުގައި ނަމާދު ނުކުރާ މީހުންނަށް އާޙިރަތުގައި އަދި ދުނިޔޭގަ ލިބޭނެ އަބާއްޖަވެރިކަން ބުނެދީ ނަސޭހަތްތެރިވެއެވެ.

ނަތީޖާއެއްގެ ގޮތުން އަހުމަދުގެ ބައްޕައަށް ވިސްނި ނަމާދު އޭގެ ވަގުތުގައި އަދާކުރަން ފެށި އެވެ. އިސްވެދިޔަ މިސާލަކީ މުންކަރާތެއް ދުލުން މަނާކުރާނެ ގޮތުގެ މިސާލެކެވެ.

ހަމައަކަނި އިސްލާ ހުކުރަން ޖެހޭނީ ތިމާގެ އަމިއްލަ ނަފްސުއެ ކަންޏެއް ނޫނެވެ. ތިމާގެ އާއިލާގެ މެމްބަރުންނާއި ރަޙްމަތްތެރިން ވެސް މެއެވެ. ﷲ އަޅަމެންނީ މުންކަރާތެއް ފެންނަ ހިނދު އެކަން މަނާ ކުރާ ބަޔަކު ކަމުގައި ލައްވަވާށި!

މަސްދަރު: އިލްމު.އެމްވީ