Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ކަނޑުމަތީގެ އެކްސިޑެންޓެއް، މީހަަކަށް ފަރުވާ ދެނީ

މިއަދު ލޯންޗަކާއި ޓަގެއް ޖެހިގެން ހިނގި ހާދިސާއެއްގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިފި އެވެ.

ފުލުހުން ބުނީ ކަނޑުމަތީގެ މި އެކްސިޑެންޓް ހިނގާފައި ވަނީ މިއަދު މެންދުރު 3:30 އެހާކަށްހާ އިރު، އދ. އަތޮޅަށް ދަތުރުކުރި ލޯންޗެއް އެމްޕީއެލް ޖެޓީ އަށް ވަންނަން ދިޔަ ޓަގެއްގައި ޖެހިގެން ކަމަށެވެ.

މި ހާދިސާގައި ލޯންޗްގެ ކެޕްޓަން އަނިޔާވެގެން ފަރުވާ ދެމުން ދިޔަ ނަމަވެސް އިތުރު މީހަކަށް އަނިޔާ ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާ މެރިން ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.