އައްޑު އަށް މިއަދު ޖެހުނު ވައި ގަދަވެ، ހިތަދޫ ގެއެއްގެ ފުރާޅު މައްޗަށް އަނބުގަހެއް ވެއްޓި ގެއްލުންތަކެއްޖެ އެވެ.
ހިތަދޫ އަވަށު އޮފީހުން ބުނީ ރަމްޒީގޭގެ ގޯތިތެރޭގައި ހުރި ބޮޑު އަނބުގަހެއް އެ ގޭގެ ފުރާޅު މައްޗަށް ވެއްޓުމާ ގުޅިގެން، ހިތަދޫ މުނިސިޕަލް ޓީމުން އެ ގަސް ނެގުމުގެ މަސައްކަތް އެންއެމްޑީއެޕާއި ޕަބްލިކް ވޯކްސްގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ގެ އަކީ މީހުން ދިރިއުޅޭ ގެއެއް ނޫނެވެ.
ގަސް ފުރާޅު މައްޗަށް ވެއްޓުމުގެ ސަބަބުން އެ ގެއަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓް ހެދުމުގެ މަސައްކަތް ހިތަދޫ އަވަށު އޮފީހުން ކުރަމުން އަންނަ ކަމަށް އަވަށު އޮފީހުން ބުންޏެވެ.