ގދ. ގައްދޫއިން ޓޫރިޒަމާއި ގުޅުން ހުރި ޚިދުމަތްތަކަށް ބިމެއް ދޫކުރަން ހުޅުވާލައިފި އެވެ.
ގައްދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގައްދޫ ރެދިޔަމްގެ ގޯތީގެ އިރަށް އޮތް ހުސްބިމުން 2578.00 އަކަފޫޓްގެ ބިން ފަތުރުވެރިކަމާއި ގުޅުން ހުރި ޚިދުމަތްތައް ހިންގުމަށް 50 އަހަރުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ހުޅުވާލާފައިވާ ކަމަށެވެ.
މި ބިމުގައި ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ކަންތައްތައް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ގައްދޫ ކައުންސިލް އިދާރާއަށް އައިސް ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އެގޮތުން މި ބިން ކުއްޔަށް ނަގަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ވަނީ އަގު ހުށަހެޅުމަށް ހުޅުވާލާފަ އެވެ.