Last Updated: June 4, 21:13
Wednesday, June 4, 2025
ދުނިޔެ

ޕީއެސްޖީގެ ސަޕޯޓަރުންގެ އުފާ ހަމަނުޖެހުންގަނޑަކަށް!

ފައިނަލްގައި އިންޓަ މިލާން 0-5 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން އަލަށް ޕީއެސްޖީން ރޭ ހޯދުމާ ގުޅިގެން އެ ޓީމުގެ ސަޕޯޓަރުން ޕެރިހުގައި ކުރިއަށް ގެންދިޔަ އުފާ ފާޅުކުރުމުގެ ތެރޭގައި ފުލުހުންނާ ކުރިމަތިލުންތަކެއް ހިންގައި އެތައް ބަޔަކު ހައްޔަރުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މެޗް ކުޅުނު ސްޓޭޑިއަމް ސަަރަހައްދުގައި ނެގި ޖޯޝާއި ފޯރީގެ ސަބަބުން ބައެެއް ސަޕޯޓަރުން އާންމު މަސްލަހަތު ނަގާލައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 300 އެއްހާ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ޕީއެސްޖީގެ ސަޕޯޓަރުންތަކަކާ ދެމެދު ކުރިމަތިލުން ހިންގަން މެދުވެރިވީ ސުލްހަވެރިކަމާ އެކު އުފާ ފާޅުުކުރަން ފުލުހުން ފުރުސަތު ދިން ނަމަވެސް، ބައެއް މީހުން ފުލުހުންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެެހިންތަކެއް ހިންގުމާ ގުޅިގެންނެވެ.

އެގޮތުން ބަޑިބޭހުގެ ކުޅިވަރުތަކާ އެކު މަގުމަތީއި ހުރި ބައެއް ވެހިކަލްތަކާއި ބައެއް އިމާރާތްތަކުގައި ވެސް ރޯކޮށްލާފައިވެ އެވެ.

ޕީއެންޖީން ރޭ ހޯދި ކާމިޔާބީގެ އުފާފާޅު ކުރުމާ ދިމާކޮށް ޕެރިހުގެ މަގުތަކަށް 5،400 އެއްހާ ފުލުހުން ނެރެފައިވެ އެވެ. ރޭގެ ހަމަނުޖެހުމުގައި ހައްޔަރުކުރި ގިނަ މީހުންގެ ތެރޭގައި ހިމެނެނީ ބަޑިބޭސް ގެންގުޅުނު މީހުންނާއި އަމުރަށް ނުކިޔަމަންތެރިވެ އާންމު މަސްލަހަތު ގެއްލޭ ގޮތަށް އަމަލު ކުރުމުގެ ތުހުމަތުއި ހައްޔަރުކޮށްފައިވާ މީހުންނެވެ.