Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ސްޕޯޓްސް ފިޝިންގެ ވޯކްޝޮޕަކަށް ހުޅުވާލައިފި

ސްޕޯޓްސް ފިޝިންގައި ހަރަކާތްތެރިވާ މީހުންނަށް އަމާޒުކޮށްގެން މަސައްކަތުގެ ބައްދަލުވުމެއް ބާއްވަން ނިންމައި އޭގައި ބައިވެރިވުމުގެ ހުށަހެޅުމުގެ ފުރުސަތު ފިޝަރީޒް މިނިސްޓްރީން ހުޅުވާލައިފި އެވެ.

މި ބައްދަލުވުން އޮޮންނާނީ އަންނަ މަހުގެ 7 ގައި މާލޭގަ އެވެ.

މިނިސްޓްރީ ބުނީ މީގެ މަގުސަދަކީ މުނިފޫހިފިލުވުމުގެ ގޮތުން ކުރާ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވޭނެ ގޮތްތަކާ މެދު މަޝްވަރާކުރުން ކަމަށެވެ.

އެހެންވެ މި މަހުގެ 10 ގެ ކުރިން ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ރާއްޖޭގައި ސްޕޯޯޓްސް ފިޝިން ކުރިއަރަމުން އަންނަ އިރު، ހަތަރު ސަރަހައްދެއްގައި އެކަމަށް ހާއްސަ ބަނދަރުތަކެއް ތަރައްގީ ކުރަން ވެސް ސަރުކާރުން އޮތީ ނިންމައިފަ އެވެ.