Last Updated: June 4, 21:13
Wednesday, June 4, 2025
މުނިފޫހިފިލުވުން

އިއްލެގެ "ލޯބިން" ދެން މާ ލަހެއް ނުވާނެ!

ޑައިިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ) ގެ އާ ފިލްމު "ލޯބިން" ގެ ޝޫޓިންގެ 95 ޕަސެންޓް ނިންމާލައިފި އެވެ.

އައި ފިލްމްސް އާއި ލައިޓް އައުޓް ޕްރޮޑަކްޝަން ގުޅިގެން ގެނެސްދޭން ހަމަޖެހިފައިވާ މި ފިލްމު މި އަހަރުގެ ތެރޭގައި ގެނެސްދޭން އަމާޒު ހިފާފައި އޮތް ނަމަވެސް އަދި ތާރީހެއް ފައިނަލެއް ނުކުރެ އެވެ. އެކަމަކު "ކަމިން ސޫން" އެވެ.

މިދިޔަ މަހުގެ 1 ގައި ޝޫޓިން "ލޯބިން" އަކީ އިއްލެ ލިޔެ، ޑައިރެކްޓްކުރާ ފިލްމެކެވެ. ލޯބީގެ ފިލްމެއްގެ ގޮތުގައި މި ފިލްމު ގެނެސްދޭނެ ކަމަށް ބެލެވުނަސް ފިލްމުގައި ޓައިޓްލަގައި ސުވާލު މާކެއް އޮތުމާ އެކީ، މިއީ އަސްލު "ލޯބިން؟" ހޭ އަހަން ޖެހޭ ކަހަލަ ފިލްމަށް ވެދާނެ އެވެ.

އެކަހަލަ "ސަސްޕެންސެއް" އިއްލެ ވަރަށް ކުރުކޮށް ދިނެވެ. އޭނަ ބުނި ގޮތުގައި ޓައިޓްލްގައި ސުވާލެއް މާކެއް އޮތުމަކީ ބެލުންތެރިން "ލޯބިން" އާ މެދު ތަންކޮޅެއް ބޮޑަށް ވިސްނައިލަން ޖެހޭ ކަހަލަ ކަމަކަށް ވެދާނެ އެވެ. އެހެންވެ މިއީ ވަރަށް ތަފާތު ލޯބީގެ ފިލްމަކަށް ވެދާނެ ކަމަށް ބަލަމާ ހިނގާށެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "ލޯބިން" ގެ މަންޒަރުތަކެއް މާލޭގައި ނެގުމަށް ފަހު، އަތޮޅުތެރޭގެ ދެ ރަށެއްގައި ފިލްމުގެ މަންޒަރުތަކެއް ނަގާފައިވެ އެވެ. އެގޮތުން ނ. ކެނދިކުޅުދު އާއި އދ. ދަނގެތީގެ ހިތްގައިމު މަންްޒަރުތަކެއް ލޯބިން އިން ފެންނާނެ އެވެ.

ދެ ރަށުގެ ޝޫޓިން ޝެޑިއުލްތައް ނިންމައިލި އިރު، ފިލްމުގެ 95 ޕަސެންޓް ޝޫޓްކުރެވުނީ އެވެ.

"ލޯބިން" ގެ މައިގަނޑު ކާސްޓްގައި ހިމެނެނީ އިއްލެގެ އަލަތު ފީޗާ 2019 ގެ "ބަވަތި" އިން ތައާރަފުކުރި އެކްޓަރު އިފްނާޒް ފިރާގާއި އޭނަގެ އަންހެނުން ތާތި އާދަމާއި އިއްލެގެ "ޑާލިން" ނުޒުހަތު ޝުއައިބް ނުޒޫ) އާއި އަހުމަދު ޝާރިފްގެ އިތުރުން އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ.

އިއްލެ އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ ބިރުވެރި ފިލްމު "ކަންބަޅި" އެވެ.