Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯ އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މުޅި މާލެ ސަރަހައްދުން ކަރަންޓް ކެނޑިއްޖެ އެވެ.

އެގޮތުން، މާލެ، ހުޅުމާލެ، ވިލިނގިލި އަދި ހުޅުލެއިން ކަރަންޓު ކެނޑިފައިވަނީ މީގެ އިރުކޮޅެއް ކުރިންނެވެ.

މިކަމާ ގުޅިގެން ސްޓެލްކޯ އިން ބުނީ މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންވެ މި ދަނޑިވަޅުގައި ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.