Last Updated: July 18, 16:44
Saturday, July 18, 2026
ޚަބަރު

މާލޭގެ ބޮޑު ބަޔަކަށް ކަރަންޓް ދީފި

މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ.

މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.

ސްޓެލްކޯ އިން އެކްސްގައި ދެންމެ ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ ބޮޑު ބަޔަކަށް މިހާރު ކަރަންޓު ދެވިފައިވާ ކަމަށާއި ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.