Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

65 ރަށެއްގައި އީދު ލައިޓް ދިއްލާނެ: މިނިސްޓަރު

ބޮޑު އީދުގައި ޖުމްލަ 65 ރަށެއްގައި އީދު ލައިޓް ދިއްލަން ހަމަޖެހިފައިވާ ކަމަށް ލޯކަލް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.

އޭނަ ވިދާޅުވީ މިދިޔަ އަހަރުގެ ބޮޑު އީދަށް ލައިޓް ފޮނުވި 29 ރަށާއި މި އަހަރު ޢީދު ލައިޓް ފޮނުވި 36 ރަށާ އެކު، ޖުމްލަ 65 ރަށުގައި ޢީދު ލައިޓް ދިއްލާނެ ކަމަށެވެ. އަދި އީދު ފާޙަގަ ކުރާއިރު އިސްލާމީ މިންގަނޑު ތެރޭގައި އީދު ފާހަގަ ކުރަން ވަނީ މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ އަހަރުގެ ބޮޑު އީދަށް މުޅި ރާއްޖެ ކަހަލަ ގޮތަކަށް ދިއްލި އިރު، ވަރަށް ގިނަ ރަށްތަކަށް އީދު ލައިޓްތައް ފޯރުކޮށް ދީފައިވެ އެވެ. އެ ލައިޓްތައް ވަނީ ކައުންސިލްތަކާ ހަވާލުކޮށްފަ އެވެ.