Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ކަރަންޓް ކެނޑުނު މައްސަލަ ދިރާސާ ކުރަނީ

މިއަދު މެންދުރު ފަހު މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުނު މައްސަލަ ދިރާސާކޮށް ކުރިއަށް އޮތް ތަނުގައި އެފަދަ މައްސަލަތައް ދިމާ ނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޠަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ އިން ކަރަންޓް ފޯރުކޮށްދޭ ގްރޭޓާ މާލެ ސަރަހައްދަށް ޓެކްނިކަލް މައްސަލައެއް ދިމާވެ މުޅި މާލެ ސަރަހައްދުން މިއަދު މެންދުރު 12:30 ހާއިރު ކެނޑި މިހާރު އެކި ސަރަހައްދުތަކަށް ވަނީ ކަރަންޓް ދޭން ފަށައިފަ އެވެ.

މިއަދުި ދިމާވި ހާދިސާއާ ގުޅޭ ގޮތުން ތޯރިގް ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ މާލެ ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމާ ގުޅިގެން ކަރަންޓުގެ ޚިދުމަތް އަނބުރާ ދިނުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ދިމާވި މައްސަލަ ދިރާސާކޮށް ބަލައި ކުރިއަށް އޮތް ތަނުގައި މިފަދަ މައްސަލަތައް ދިމާ ނުވާނެ ގޮތަކަށް އިންތިޒާމްތައް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.

މިނިސްޠަތު ވަނީ މުޅި މާލެ ސަރަހައްދުން ކަރަންޓު ކެނޑުމާ ގުޅިގެން ރައްޔިތުންނަށް ދިމާވާނެ ތަކުލީފުތަކަށް މަޢާފަށް ވެސް އެދިވަޑައިގެންފައެވެ.

މި މައްސަލަ ކަމާބެހޭ ފަރާތްތަކުން ތަހުގީގު ކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވައިލެއްވުމާ ގުޅިގެން ފުލުހުން މިހާރު ވަނީ ތަހުގީގެއް ވެސް ފަށައިފަ އެވެ.