Last Updated: June 3, 06:07
Tuesday, June 3, 2025
ޚަބަރު

މުޅި މާލެއަށް ކަރަންޓު ދީފި

މުޅި މާލޭގެ ހުރިހާ ސަރަހައްދަކަށް ކަރަންޓު ދީފި އެވެ.

މުޅި މާލެ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ މިއަދު މެންދުރު އެވެ. ސްޓެލްކޯ އިން ބުނީ ކަރަންޓު ކެނޑުނީ ހުރިހާ ޖެނެރޭޓަރެއް ނިވިގެން ކަމަށެވެ.

ސްޓެލްކޯ އިން ބުނީ އިރުއޮއްސި 18:13ހާއިރު މުޅި މާލެއަށް ކަރަންޓު ދީ، ހުޅުމާލެ ރުއްގަނޑު އެކެއް ސަރަހައްދުގައި ހުރި ޓްރާންސްފޯމަރެއް ފިޔަވައި ހުރިހާ ޓްރާންސްފޯމަރެއް ޖައްސާފައިވާ ކަމަށެވެ.

އަދި އެހެން ސަރަހައްދުތަކަށް ކަރަންޓު ލިބިފައިނުވާ ނަމަ ސްޓެލްކޯގެ އެމާޖެންސީ ނަންބަރު 104އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް އެ ކުންފުނިން ވަނީ އެދިފަ އެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުނު މައްސަލަ ސީރިއަސް މައްސަލައެެއްގެ ގޮތުގައި ބަލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އަންގަވާފަ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަން ފުލުހުން މިހާރު ވަނީ ފަށައިފަ އެވެ.

މާލެ ސަރަހައްދުން ކަރަންޓް ކެނޑުމާ ގުޅިގެން ވަރަށް ގިނަ ހިދުމަތްތަކެއް ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.