ސިފައިންގެ މައި މަރުކަޒު ބަންޑާރަ ކޮށީގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
މަރުވެފައި އޮއްވައި ފެނުނީ ލ. މާމެންދޫ، ޓޯކިއޯ، ސާޖަންޓް އިބްރާހީމް އިނާޒް، 35، އެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ދީފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިނާޒް މަރުވެފައި އޮއްވާ ފެނުނީ ފާހާނާ ތެރެއިންނެވެ.