Last Updated: June 10, 20:48
Wednesday, June 10, 2026
ޚަބަރު

ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ދަންމާލައިފި

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ނެރުނު ވައިޓް އެލާޓްގެ ވަގުތު ދަންމާލައިފި އެވެ.

ފަތިހު 4:30 އިން ފެށިގެން 9:30 އަށް ނެރުނު އެލާޓްގެ ވަގުތު ހަމަވުމާ ގުޅިގެން މިހާރު ވަނީ އެ ވަގުތު މެންދުރު ފަހު 3:00 ހަމައަށް އިތުރުކޮށްފަ އެވެ.

މޫސުމާ ބެހޭ އިދާރާ އިން އެ ވަގުތުގެ ތެރޭގައި ކ. އަތޮޅުން ފެށިގެން އައްޑު އަށް ބޯކޮށް ވާރޭ ވެހުމާ އެކު ގުގުރައި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

އެހެންވެ މޫސުމަށް ބަލައިގެން ކަނޑު ދަތުރުކުރަން ކަމާބެހޭ އިދާރާތަކުން އިލްތިމާސްކޮށްފައިވެ އެވެ.