Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

ބިދޭސީއަކަށް ހަމަލާދީ ޒަހަމްކޮށްލައިފި

މާލޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ހިނގި މާރާމާރީއެއްގައި މީހަކު ޒަހަމްކޮށްލިކަމުގެ މައުލޫމާތު ލިބުނީ މެންދަތު 3:10 އެހާއިރު ކަމަށެވެ.

އެ މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝް ފިރިހެނަކަށް ކަމަށާއި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.