މިދިޔަ އަހަރަށް ވުރެ 22 ހަރަކާތެއް މަދުކޮށް މި އަހަރުގެ ދިރާސީ އެކްޓިވިޓީ ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން ނެރެފި އެވެ.
މިދިޔަ ދިރާސީ އަހަރު އެކްޓިވިޓީ ކަލަންޑަރުގައި 91 ހަރަކާތއް ހިމެނި އިރު،މި އަހަރުގެ ދިރާސީ އެކްޓިވިޓި ކަލަންޑަރުގައި ހިމާނާފައި ވަނީ 69 ހަރަކާތެކެވެ.
މި އަހަރުގެ އެކްޓިވިޓި ކަލަންޑަރުގައި، ދިރާސީ އަހަރު ހިންގާނެ ހަރަކާތްތައް ބަހާލާފައި ވަނީ މައިގަނޑު ތިން ބަޔަކަށެވެ. އެއީ ކުޅިވަރާއި ސޯޝަލް ޑިވެލޮޕްމަންޓާއި ސިވިލް ވެލިއު އެކްޓިވިޓީތަކެވެ.
މި އަހަރުގެ އެކްޓިވިޓީ ކަލަންޑަރުގައި ސްކޫލްތައް ވާދަކުރާ 24 ކުޅިވަރަކަށް ޖާގަ ދީފައިވެ އެވެ. މިދިޔަ އަހަރެ ކަލަންޑަރުގައި ހިމަނާފައި ވަނީ 33 ކުޅިވަރު ހަރަކާތެކެވެ.
އިންޓަލެކްޝުއަލް ސޯޝަލް ޑިވެލޮޕްމަންޓް އެކްޓިވިޓީސްގެ ގޮތުގައި 20 ހަރަކާތެއް މި އަހަރު ހިންގަން ކަނޑައަޅާފައިވާ އިރު، މިދިޔަ އަހަރުގެ ކަލަންޑަރުގައި އެފަދަ 34 ހަރަކާތެއް ހިމެނި އެވެ. ސިވިލް ވެލިއު އެކްޓިވިޓީސްގެ ގޮތުގައި 25 ހަރަކާތެއް ހިންގަން ހިމަނާފައިވާ އިރު، މިދިޔަ އަހަރުގެ ކަލަންޑަރުގައި 24 ހަރަކާތެއް ހިމެނި އެވެ.
އެކްޓިވިޓީ ކަލަންޑަރުގައި އެކުލަވާލާފައިވާ ގޮތުން މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ވެސް ކުރިއަށް ގެންދާނީ ހަތަރު ހަރަކާތެވެ.
އެކްޓިވިޓީ ކަލަންޑަރު ނެރުމުގެ ކުރިން އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގިނަ ބައެއްގެ ޚިޔާލާއި މަޝްވަރާ ވެސް ހޯދައިފަ އެވެ. އެވެ.