Last Updated: June 15, 18:01
Sunday, June 15, 2025
ޚަބަރު

މޯދީ ރާއްޖެ ވަޑައިގަންނަވަނީ

ރާއްޖޭގެ މި އަހަރުގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ބައެއް މިޑިއާތަލުން ބުނި ގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިނިވަން ދުވަހުގެ ގޮތުގައި ފާހަގަކުރާ ޖުލައި 26 ގަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި އިންޑިއާ އއަށް ކުރެއްވި ރަސްމީ ދަތުރުގައި މޯދީ ރާއްޖެ ވަޑައިގަތުމަށް ދައިވަތު ވެސް ދެއްވާފައިވެ އެވެ. އަދި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލު މިދިޔަ ހަފުތާގައި އިންޑިއާ އަށް ކުރެެއްވި ދަތުރުގައި ވެސް އެ ދައުވަތު އާކުރައްވާފައިވެ އެވެ.

އިންޑިއާ އަކީ ރާއްޖެއާ އެންމެ އަވައްޓެރި އެެއް ގައުމުގެ އިތުރުން ރާއްޖެ އަށް އެކި ގޮތްގޮތުން އެންމެ ބޮޑަށް އެހީވަމުން އަންނަ އެއް ގައުމެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ވެސް މޯދީ ރާއްޖެ އަށް ދެ ފަހަރެއްގެ މަތިން ވަޑައިގެންފައިވެ އެވެ.