Last Updated: June 10, 20:48
Wednesday, June 10, 2026
މުނިފޫހިފިލުވުން

"ވެނިޒްޑޭ" ސީޒަން ދޭއްގެ ޓްރެއިލާއެއް

ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި ނެޓްފްލިކްސްގެ ސުޕަނެޗްރަލް މިސްޓްރީ ކޮމެޑީ "ވެނިޒްޑޭ" ގެ ސީޒަން ދޭއްގެ ޓްރެއިލާއެއް އާންމުކޮށްފި އެވެ.

މި ސީޒަންގެ ދެ ބަޔަކަށް ގެނެސްދޭން ނިންމާފައިވާ އިރުމ ފުރަތަމަ ބައި ޕްރީމިއާކުރާނީ އަންނަ އޮގަސްޓް މަހުގެ 6 ގަ އެވެ. އަދި ދެވަނަ ބައި ޕްރީމިއާކުރާނީ ސެޕްޓެމްބަރު 3 ގަ އެވެ.

"ވެނިޒްޑޭ" ސީޒަން ދޭއްގެ ޓްރެއިލާ އިން ވެސް ދައްކުވައިދޭ ގޮތުގައި މިއީ ފުރަތަމަ ސީޒަންގައި ދައްކުވައި ދިން ކަހަލަ ޝައުގުވެރި އެތައް ކަމެއް ގެނެސްދޭނެ ސީޒަނެކެވެ. މި ސީޒަންގެ ހާއްސަ އެއް ކަމަކީ މަޝްހޫރު ލަވަކިޔުންތެރިޔާ/ބަތަލާ ލޭޑީ ގާގާގެ ހާއްސަ ފެނިލުމެއް ވެސް ހިމެނުމެވެ.

އަލްފްރެޑް ގަފް އާއި މިލެސް މިލާގެ މޭސްތިރިކަމުގެ ދަށުން "ވެނިޒްޑޭ" ގެ ފުރަތަމަ ސީޒަން ގެނެސްދިނީ 2022 ނޮވެމްބަރުގަ އެވެ. އެ ސީޒަންގައި ހިމެނެނީ 8 އެޕިސޯޑެވެ.

"ވެނިޒްޑޭ" ގެ މައިގަނޑު ތަރި އަކީ ވެނިޒްޑޭ އެޑަމްސްގެ ރޯލު ކުޅޭ ޖެނާ އޯޓެގާ، 22، އެވެ.