އައިޑީ ކާޑު ޕްރިންޓްކޮށް، ދޫކުރުމުގެ ހިދުމަތް އދ. އަތޮޅުގައި ވެސް ދޭން ފަށައިފި އެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ޑީއެންއާރް) އިން ބުނީ އެ ހިދުމަށް އެ އަތޮޅުގައި ދިނުމަށްޓަކައި، އދ. އަތޮޅު ކައުންސިލް އިދާރާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
މި އަހަރު ނިމުމުގެ ކުރިން މުޅި ރާއްޖެ އަށް އައިޑީ ކާޑުގެ ހިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިހާތަނަށް އެކި އަތޮޅުތަކަށް އެ ހިދުމަތް ތައާރަފުކޮށްފައިވެ އެވެ.
އދ. އަތޮޅުން މިއަދު އައިޑީ ކާޑު ހެދުމުގެ ހިދުމަތް ދޭން ފެށި އިރު، އެންމެ ފަހުން އެ ހިދުމަތް މިދިޔަ މަހުގެ ތެރޭގައި ފެށި އަތޮޅަކީ ބ. އަތޮޅެވެ.
ރާއްޖޭ އިން ބޭރުން މެލޭޝިއާގައި ވެސް މި ހިދުމަތް މިހާރު އަންނަނީ ދެމުންނެވެ. އަދި ސްރީ ލަންކާ، އާއި އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި ވެސް ހިދުމަތް ފެށުމަށް ނިންމާފައިވެ އެވެ.