Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

ޓޯކުރި 560 އަށް ވުރެ ގިނަ ވެހިކަލް ނައްތާލައިފި

މި އަހަރުގެ މިހާތަނަށް މާލެ ސަރަހައްދުގެ މަގުތަކުން ޓޯކުރި ވެޖިކަލްތަކުގެ ތެރެއިން 560 އަށް ވުރެ ގިނަ ވެހިކަލް މިހާރު ނައްތާލައިފި އެވެ.

ފުލުހުން މިއަދު މިދިޔަ މަހުގެ 31 އާ ހަމައަށް ޖުމްލަ 568 ވެހިކަލެއް ނައްތާލާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 524 ސައިކަލާއި ހަތަރު ފުރޮޅުލީ 44 ވެހިކަލެވެ.

ޓޯކުރާ އުޅަނދުތައް ނައްތައިލަނީ އެ އެއްޗެހީގެ ވެރިން އެ ތަކެއްޗާ ހަވާލުވާން މުހުލަތެއް ދިނުމަށް ފަހު، އެ މުހުލަތުގެ ތެރޭގައި ނުގެންގޮސްފި ނަމަ އެވެ.

މިދިޔަ އަހަރު ޖުމްލަ 15،514 ވެހިކަލް ޓޯކޮށްފައިވެ އެވެ.

އޭގެ ތެރޭގައި 11،645 ސައިކަލާއި، 2،567 ކާރާއި 478 ޕިކަޕާއި 369 ވޭން އަދި 87 ޓްރަކު ހިމެނެ އެވެ. ފުލުހުން ބުނެފައި ވަނީ މިދިޔަ އަހަރު ޓޯކުރި އުޅަނދުތަކުގެ ތެރެއިން 546 ވެހިކަލެއް ނައްތާލާފައިވާ އިރު، 13،562 ވެހިކަލް ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.