Last Updated: June 7, 22:00
Monday, June 8, 2026
ޚަބަރު

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރު ރާއްޖޭގައި

އޮސްޓްރޭލިއާގެ ޑިފެންސް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަދި އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ރިޗަޑް މާލްސް ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފި އެވެ.

އޭނަ މާލެ ވަޑައިގެންނެވީ ރޭގެ ވަގުތެއްގަ އެވެ.

އެއާޕޯޓުން މަރުހަބާ ވިދާޅުވީ ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނެވެ. ގައްސާން ގެ އިތުރުން އެމްއެންޑީއެފް އަދި ފޮރިން މިނިސްޓްރީގެ އިސްވެރިން ވެސް އެއާޕޯޓުން ރިޗަޑަށް މަރުހަބާ ދެންނެވި އެވެ.

އޭނަ މިއަދު ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފުއާ އާ ބައްދަލުކުރައްވާފައިވެ އެވެ. ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ސަލާމަތީ ގުޅުން ބަދަހި ކުރުމާއި ޓޫރިޒަމް ދާއިރާއިން ގުޅުން ބަދަހިކުރުމަށް މަޝްވަރާ ކުރި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އޮސްޓްރޭލިއާ ޑިފެންސް މިނިސްޓަރުގެ މި ދަތުރަކީ މި މަހުގެ 1-5 އަށް ކުރައްވާ ދަތުރެކެވެ. އެގޮތުން އޭނަ ސްރީ ލަންކާ އާއި އިންޑޮނީޝިއާ އަށް ވެސް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެ އެވެ.