Last Updated: July 24, 20:27
Friday, July 24, 2026
ޚަބަރު

ސީޕީގެ މަގާމަށް 3 ބޭފުޅަކު ކުރިމަތިލައިފި

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ކުރިމަތިލާން ހުޅުވައިލުމާ ގުޅިގެން ފުލުހުންގެ އިސް ތިން ބޭފުޅަކު އެ މަގާމަށް ކުރިމަތިލައްވައިފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ މިހާރު ފުލުހުންގެ އިދާރާ ހިންގެވުމާ ހުންނެވި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއީލް ނަވީންގެ އިތުރުން ކުރީގެ އެކްޓިން ސީޕީ ފަރުހާދު ފިކުރީ އާއި ސައުތު ޕޮލިސް ކޮމާންޑަރު އެސިސްޓެންޓް ކޮމިޝަނަރު އަހްމަދު ޝަމީމެވެ.

ސީޕީގެ މަގާމަށް ކުރިމަތިލާން ހުޅުވައިލީ މިދިޔަ މަހުގެ 27 ގަ އެވެ. މަގާމަށް ކުރިމަތިލާން ދިން މުއްދަތު ހަމަވީ މިއަދު މެންދުރު 12:00 އަށެވެ. ސީޕީގެ މަގާމަށް ކުރިމަތިލެވެނީ އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް ރޭންކުން ފެށިގެން މަތީގެ އޮފިސަރުންނަށް ކަމަށެވެ.

ސީޕީގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.