ހައްޖު ދުވަހާއި އަޟްހާ އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ބުނެފި އެވެ.
މިއަހަރުގެ ހައްޖު ދުވަހަކީ އަންނަ ބުރާސްފައްޗެވެ. އެހެންވެ އެ ދުވަހުން ފެށިގެން އަންނަ ހަފުތާގެ ހޯމައާ ހަމައަށް ސަރުކާރު ބަންދުވާނެ އެވެ.
ނަމަވެސް އެ ބަންދު ދުވަސްތަކުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ދޭނެ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
އެކަމަކު އެންމެ ފަހު ވަގުތަށް މަޑުނުކޮށް، ޕާސްޕޯޓުގައި ހަ މަސް ދުވަހުގެ މުއްދަތެއް ނެތްނަމަ އާ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.