Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

އިސްލާމީ އުސޫލުތަކާ އެއްގޮތަށް އީދު ފާހަގަކުރަން އެދިއްޖެ

އިސްލާމީ އުސޫލުތަކުގެ ތެރޭގައި އީދު ފާހަގަ ކުރަން ލޯކަލް ގަވަމެންޓް މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

އެ މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ޒަމާނުއްސުރެ ދިވެހިންނަކީ ކުލަގަދަކޮށް އީދު ފާހަގަކުރާ ބައެއް ކަމަށާއި އީދު ހަރަކާތުގެ ސަބަބުން ދިވެހިންގެ ތެރޭގައި އެއްބައިވަންތަކަން ވަރަށް ބޮޑަށް އާލާވެ، އިޖުތިމާއީ ގުޅުން ވަރުގަދަވާ ކަމަށެވެ.

އިސްލާމީ ހަމަތަކުގެ ތެރޭގައި އީދު ފާހަގަކުރުމާއި ކުދިބޮޑު އެންމެން، އީދުގެ އުފަލުގައި ބައިވެރިކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

"އިސްލާމީ އުސޫލުތަކާއި ހުދޫދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހުރިހާ ރަށްރަށެއްގައި ވެސް އީދުގެ ކުޅިވަރުތަކާއި ހަރަކާތްތައް ރާވައި، ހިންގުމަކީ ސަރުކާރުން ތަރުހީބުދޭ ކަމެކެވެ،" ބަޔާނުގައިވެ އެވެ.

މި އަހަރުގެ އަޟްހާ އީދު ފާހަގަ ކުރުމުގައި ވެސް އިސްލާމީ ތަރަހައިގެ ތެރޭގައި އިސްލާމްދީނުގައި ހުއްދަ ކުރައްވާފައިވާ ގޮތުގެމަތިން ރާއްޖޭގެ ހުރިހާ ރައްޔިތުން އަމަލު ކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން އީދަށް ބަންދު ވަނީ ޖޫން މަހުގެ ފަހަކުން ނުވައެއްގެ ނިޔަލަށެވެ.