Last Updated: June 5, 19:06
Thursday, June 5, 2025
ޚަބަރު

އެމްޓީސީސީން ހިއްސާއަކަށް ބަހާނީ 2ރ.

މިދިޔަ އަހަރު ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ހިއްސާއަކަށް 2ރ. ބަހަން ނިންމައިފި އެވެ.

މި ނިންމުމަކީ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިއްޔެ ނިންމާފައިވާ ނިންމުމެއް ކަމަށާއި، މި މަހުގެ 17 ގައި ބާއްވާ އަހަރީ އާންމު ޖަލްސާ (އޭޖީއެމް) އަށް ހުށަހަޅާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. ހިއްސާއަކަށް 2ރ. ބަހަން ނިންމި އިރު، ހިއްސާ އަށް ޖުމްލަ 16 މިލިއަން ރުފިޔާ ބަހާނެ އެވެ.

އެމްޓީސީސީން މިއަދު ބުނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާ ލިބޭނީ މިދިޔަ 27 އޭޕްރީލްގެ ނިޔަލަށް ކުންފުނީގެ ހިއްސާދާރުންގެ ރަޖިސްޓްރީގައި ތިބި މީހުންނަށް ކަމަށެވެ.

އެ ކުންފުނިން 2023 ގައި ހިއްސާއަކަށް ބެހީ 23 ލާރި އެވެ.