Last Updated: June 10, 20:48
Wednesday, June 10, 2026
ދުނިޔެ

ހަރުފަތަކެއް އެތެރެކުރަން އުޅުނު މީހަކު ހައްޔަރަށް

ގަވާއިދާ ހިލާފަށް ހަރުފަތަކެއް ތައިލޭންޑުން އިންޑިއާ އަށް އެތެރެ ކުރަން އުޅުނު މީހަކު މުމްބާއީ އެއާޕޯޓުން ހައްޔަރުކޮށްފި އެވެ.

މީޑިއާތަކުން ބުނީ ކަސްޓަމްސް އިން އިއްޔެ އަތުލައިގަތީ ފިރިހެނެއް ކަމަށާއި އޭނަ ގެންގުޅުނު ދަބަހެއްގެ ތެރެއިން 47 ހަރުފަ ފެނިފައިވާ ކަމަށެވެ.

އެ ހަރުފަތައް ފެންނަ ފޮޓޯއެއް މުމްބާއީގެ ކަސްޓަމްސް އިން ސޯޝަލް މީޑިއާގައި ޕޯސްޓް ވެސްކޮށްފައިވެ އެވެ. އޭގެ ތެރޭގައި ވިހަގަދަ ހަރުފައިގެ ބާވަތްތަކެއް ވެސް ހިމެނެ އެވެ.

އެކަމަކު ހަރުފަތައް އެތެރެ ކުރަން އުޅުނު މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހާމައެއް ނުކުރެ އެވެ.