Last Updated: June 4, 21:13
Wednesday, June 4, 2025
ޚަބަރު

ހައްޖުވެރިންގެ ކަންކަން ފުރިހަމަކޮށް ދޭން އިސްކަން ދެން

ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާވެސް ބޮޑަށް ފުރިހަމަކޮށްދޭން އިސްކަންދެއްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު މައްކާގައި ދިވެހި ހައްޖުވެރިންނާ ބައްދަލުކުރައްވައި ދެެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ ސައުދީ ސަރުކާރުގެ ނިންމުމުގެ ދަށުން މައްކާ ރޫޓު އިނީޝިއޭޓިވްގެ ތެރެއިން ދިވެހި ހައްޖާޖީންނަށް މިފަހަރު ވަރަށް ބޮޑު ލުއިތަކެއް ލިބިގެން ގޮސްފައިވާ ކަމަށާއި މިއީ ދިވެހި ހައްޖާޖީންނަށް ތާރީހީ އަހަރެއް ކަމަށެވެ. މި އިންތިޒާމު ހަމަޖައްސަވައިދެއްވުމުން ރައީސް ވަނީ ސައޫދީގެ ރަސްގެފާން ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާނަށް ޝުކުރު ދަންނަވާފަ އެވެ.

ދިވެހި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ދިވެހި ހައްޖުވެރިންގެ ކަންކަން ވީހާ ވެސް ބޮޑަށް ފުރިހަމަ ކޮށްދޭން ކަމަށާއި އެގޮތުން އިސްލާމިކް މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަނުން ހައްޖުވެރިންގެ ކަންކަން ވަރަށް ގާތުން ބަލަމުންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ޙައްޖުގެ އަޅުކަން އަދާކުރުމަށް މިއަހަރު ރާއްޖެއިން 1،000 ޙައްޖާޖީން މިހާރު ވަނީ މައްކާއަށް ގޮސްފަ އެވެ. އެގޮތުން ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް ޙައްޖު މިޝަން އިން ބުނެ އެވެ.

މިއަހަރުގެ ޢަރަފާތް ދުވަހަކީ ޖޫން މަހުގެ 5 ވަނަ ދުވަހެވެ.