މެއި މަހުގެ ތެރޭގައި ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓްކޮށްފައި ވަނީ ވައްކަމުގެ މައްސަލަތައް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.
މިދިޔަ މަހު ހުށަހެޅި މައްސަލަތަކާ ގުޅޭ ގޮތުން ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މެއި މަސް ނިމުނު އިރު ވައްކަމުގެ 325 މައްސަލަ ރިޕޯޓްކޮށްފައިވެ އެވެ.
ވައްކަމުގެ މައްސަލަތަކުގެ އިތުރުން ދެން އެންމެ ގިނައީ އެކްސިޑެންޓުގެ މައްސަލައެވެ. އެގޮތުން އެފަދަ 269 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ތިން ވަނަ އަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އެފަދަ 177 މައްސަލައެއް ހުށަހަޅާފައިވެ އެވެ.
މެއި މަހު ހުށަހަޅާފައިވާ މައްސަލަތައް:
* ވައްކަން ކުރުމުގެ މައްސަލަ: 325
* ޓްރެފިކް އެކްސިޑެންޓު މައްސަލަ: 269
* މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 48
* މަކަރާއި ހީލަތުގެ މައްސަލަ: 21
* ޖިންސީ ގޯނާގެ މައްސަލަ: 25
* އަނިޔާ ކުރުމުގެ މައްސަލަ: 55
* ގެވެށި އަނިޔާ މައްސަލަ: 16
* ފޭރުމުގެ މައްސަލަ: 20
* ފޯޖް ކުރުމުގެ މައްސަލަ: 4
* މަސްތުވާތަކެއްޗާ ގުޅޭ މައްސަލަ: 177
* އެއްޗެހި ގެއްލުމުގެ މައްސަލަ: 70
ކުށްތައް މަދުކުރުމަށްޓަކައި ފުލުހުން އަންނަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހާއްސަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ސަރަހައްދުތަކުގަ އެވެ.