Last Updated: June 5, 17:58
Thursday, June 5, 2025
ޚަބަރު

މިދިޔަ މަހުގެ ބިލަށް ފައިސާ ނަގާނީ އާ ޓެރިފަށް

މި މަހުން ފެށިގެން ސަރުކާރުން ކަރަންޓްގެ އަގުހެޔޮ ކުރަން ނިންމުމާ ގުޅިގެން އާ ޓެރިފް ރޭޓުތަކަށް މިދިޔަ މަހުގެ ބިލުތައް ހިސާބުކުރަން ފެނަކަ އިން ނިންމައިފި އެވެ.

އެ ކުންފުނިން ސޯޝަލް މީޑިއާގައި ޕޯސްޓެއްގައި ބުނީ މިދިޔަ މަހުގެ ބިލަށް ޗާޖު ކުރާނީ އަލަށް ކަނޑައަޅި ޓެރިފް ރޭޓުތަކުގައި ކަމަށެވެ. އަދި މިދިޔަ މަހުުގެ ބިލު މިހާރު ދައްކާފައިވާ ފަރާތްތަކަށް މި މަހުގެ ބިލުން އެ ބައި އުނިކޮށް ދޭނެ ކަމަށެވެ.

"މެއި މަހުގެ ބިލަށް މިހާރު ފައިސާ ދައްކާފައިވާ ފަރާތްތަކަށް ޖޫން މަހުގެ ބިލުން އެބައި އުނިކުރެވިގެން ދާނެ، މެއި މަހުގެ ބިލު އަދި ދައްކާފައި ނުވާ ފަރާތްތަކަށް ކުޑަ ޓެރިފް ރޭތުގައި އަލުން ބިލު ޖެނެރޭޓު ކުރެވިގެން ދާނެ." ފެނަކައިން ބުންޏެވެ.

އާ ޓެރިފް ރޭޓްތައް:

* 0-100 ބޭންޑް: މިހާރުގެ ރޭޓް: 1.50 އާ ރޭޓު:1.25
* 101-200 ބޭންޑް: މިހާރުގެ ރޭޓް: 1.70 އާ ރޭޓު: 1.50
* 201-300 ބޭންޑް: މިހާރުގެ ރޭޓް: 2.15 އާ ރޭޓު: 1.50
* 301-400 ބޭންޑް: މިހާރުގެ ރޭޓް: 2.50 އާ ރޭޓު: 1.50
* 401-500 ބޭންޑް: މިހާރުގެ ރޭޓް: 2.95 އާ ރޭޓު: 2.66
* 501-600 ބޭންޑް: މިހާރުގެ ރޭޓް: 3.55 އާ ރޭޓު: 3.20
* 600 ++ ބޭންޑް: މިހާރުގެ ރޭޓް: 4.25 އާ ރޭޓު: 3.83

މި ރޭޓުތަކަށް ގޭބިސީތަކަށް ކަރަންޓްގެ ހިދުމަތް ދޭން ނިންމުމާ ގުޅިގެން ފެނަކަ އާއި ސްޓެލްކޯ އިން ވެސް ދެން ކަރަންޓަށް ޗާޖްކުރަމުން ދާނީ މި ރޭޓްތަކަށެވެ.